Tuesday, 28 July 2026
ހަސަން ޒިޔާއު

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި ހަސަން ޒިޔާއު ވަޒީފާއިން ވަކިކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ޒިޔާއު އަމިއްލައަށް މީޑިއާއަށް ފޮނުއްވި މެސެޖެއްގައެވެ.

ޒިޔާއުގެ ވިދާޅުވި ގޮތުގައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ޤަވާއިދާ ޚިލާފަށެވެ. އަދި މި ނިންމުމަކީ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ބައެއް ނިންމުންތަކާ ދެކޮޅަށް އޭނާ ވާހަކަދައްކާފައިވާތީ، އަދި ބެކްޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއިކުރުމަށް އިންކާރުކޮށްފައިވާތީ ނިންމި ނިންމުމެއް ކަމަށް ޒިޔާއު ދެކެވަޑައިގަންނަވައެވެ.

ޒިޔާއު ވަނީ މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަދި އެއްވެސް ބަޔާޔާނެއް ނެރެފައެއް ނުވެއެވެ. އަދި ޒިޔާއުގެ ވަކިކުރުމާ ގުޅިގެން މަޖިލީހުގެ މީޑިއާ އާއި ކޮމިއުނިކޭޝަންސްގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން އަދި އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *