ރާއްޖެއަށް އެތެރެކުރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.\
ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ 41 އަހަރުގެ ފިރިހެނަކާއ،ި 38 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވި އެ ދެ ފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ކަސްޓަމްސް އިން ބުނީ، އެ މީހުންގެ ލަގެޖުން ފެނިފައިވަނީ ހެރޮއިން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމުލަ 2.05 ކިލޯ ހުރި ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ހިމެނޭ ދެ މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ.


