Tuesday, 28 July 2026

ރާއްޖޭގެ ތަރައްގީގައި ޔޫއެންޑީޕީގެ ދައުރު ބޮޑު: ރައީސް

ރާއްޖެ ތަރައްޤީގެ މަގުގައި ހޯދަމުންދާ ކުރިއެރުންތަކުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީން)އިން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޔޫއެންޑީޕީން ގާއިމުވެގެން ތިބޭތާ 45 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ހާއްސަ ހަފްލާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި ދިވެހީން ދެކެން ބޭނުންވި ތަރައްގީއާ ދިމާލަށް ދިއުމަށް ޔޫއެންޑީޕީއާއެކު މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ޔޫ.އޭން.ޑީ.ޕީ- މޯލްޑިވްސް އުފައްދާފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާއި އިންސާނީ ކަރާމާތާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދޭ އަހައްމިއްޔަތުކަން ހިމެނޭހެން ދެފަރާތުން ހިއްސާކުރާ މުހިންމު ކަންތައްތަކެއް ނަގަހައްޓައި އަދި ކޮންމެ ދިވެއްސަކަށްވެސް ކުރިމަގުގައި ކުރިޔަށްދެވޭނެ ފުރުޞަތުތައް ފަހިވެފައިވާކަން ކަށަވަރުކޮށްދިނުމަށްކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޔޫއެންޑީޕީއާއި އަދި ރާއްޖޭގެ ގުޅުން ބިނާވެފައި ވެސް އޮތީ އެއް ވިސްނުނަމަކުން ކަަމަށެވެ. އޭގެ ތެރޭގައި ތަރައްގީއާއި އިންސާނީ ކަރާމަތާއި ދެމެހެއްޓެނިވި ތަރައްގީ ހިމެނޭއިރު އޭގެން ކޮންމެ ރައްޔިތަކަށް ވެސް ތަރައްގީގެ ފުރުސަތުތައް ހޯދައިދިން ކަމަަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ރާއްޖެއަކީ އިޤްތިޞާދީ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީ ހާސިލުވެފައިވާ ޤައުމަކުންފެށިގެން އައިސް ޒަމާނީ ބަދަލުތަކާއެކު ވިލުންތެރި އަދި ތަރައްޤީގައި ކުރިއަށް ދަތުރުކުރާ ޤައުމަކަށް ބަދަލުވުމުގައްޔާއި، އަދި މުޅި އެބަދަލުގައި ޔޫ.އެން.ޑީ.ޕީން އަދާކުރި ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވެ ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ 2011 ވަނަ އަހަރު ބަދަލުވި މަރުހަލާގައި ޔޫ.އެން.ޑީ.ޕީން ލިބުނު އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *