Wednesday, 28 October 2026
ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ރައީސް މުހައްމަދު މުއިއްޒާއި ދައުލަތުގެ އެކި ވެރިން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ރޭ ރާއްޖެ އައި ތަނުން ހައްޔަރުކޮށްފި އެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެގޮތުން އެ ކޮމެންޓުގައި ރައީސް "މަރާލާނެ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

'އަބްލޯ މައިދު ޔޫސެފް’ގެ ނަމުގައި ހަރަކާތްތެރިވަމުންދާ އެ އައިޑީއަކީ އަސްލު އައިޑީއެއް ކަމެއް ނުވަތަ އެހެން މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގަމުން އަންނަ ވަގު އައިޑީއެއް ކަމެއް އޭރު ސާފެއް ނޫނެވެ.

މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ރައީސްއާ ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިނުމުގެ އިތުރުން އެހެން ފަރާތްތަކަށް ނިސްބަތްކޮށް "މަރާލާނެ" ކަމަށް ބުނެ އިންޒާރުދީ ހަޑިހުތުރު ބަހުން އެކި ޕޯސްޓުތައް ކުރަމުންދާ މައްސަލާގައި ހައްޔަރުކުރީ ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ) ކަމަށެވެ.

ފުލުހުން ބުނީ މަރުގެ އިންޒާރު ދިނުމުގެ އިތުރަށް އެއް ޖިންސުގެ ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ފޭސްބުކްގައި ޕޯސްޓުތައް ކުރަމުން އައި މިޔާދު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރެފައި މިރޭ ރާއްޖެ އައި ވަގުތު ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *