އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ސައުތެމްޓަން ވާދަކުރި މެޗު އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ސިޓީ މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރީން، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
ލީގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ސައުތެމްޓަނާ އާސެނަލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ސައުތެމްޓަނުން ލީޑްނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެމަރަން އާޗާ ވައްދާލި ލަނޑުންނެވެ.
ސައުތެމްޓަނުން ލީޑްނެގިތާ ތިން މިނެޓުގެ ތެރޭގައި އާސެނަލަށް އެއްވަރުކޮށްދިނީ ކައި ހަވާޓްޒް އެވެ. ހަވާޓްޒް މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ. އަދި އޭގެ 10 މިނެޓުފަހުން އާސެނަލުން ފުރަތަމަ ފަހަރަށް ލީޑްނެގީ ފަހު ހާފުގައި ކުޅެން ނިކުތް ގެބްރިއެލް މާޓިނެލީ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސަކާ އެވެ.
މެޗުގެ 68 ވަަނަ މިނެޓުގައި އާސެނަލް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ބުކަޔޯ ސަކާ ސައުތެމްޓަންގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ދިން ޕާހަކުން މި ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގެބްރިއެލް މާޓިނެލީއެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ސަކާ ވަނީ އިތުރު ގޯލެއް އާސެނަލް އަށް ކާމިޔާބުކޮށްދީފައެވެ. މިއާއިއެކު މެޗު ނިމިގެން ދިޔައީ 3-1 ގެ ނަތީޖާ އަކުން އާސެނަލް ކުރި ހޯދައިގެންނެވެ.


