Tuesday, 28 July 2026
Raajje24

ކުއްޖަކަށް އަނިޔާކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ބަލަނީ

ލ. ގަމުގައި ކުޑަކުއްޖަކު ގަދަކަމުން ނެރެ، އެކަހެރި ތަނަކަށް ގެންގޮސް އަނިޔާކޮށް ވީޑިއޯކުރުމަށް ފަހު ބްލެކްމެއިލްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ރޭ ސޯޝަލް މީޑިއާގެ މެދުވެރިކޮށް ފެންމަތިވި މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ ހާދިސާއާ ގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނީ، މީގެ ދުވަސްކޮޅެއް ކުރިން މިސްކިތެއްގެ ތެރޭގައި ކުއްޖަކަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯއެއް ފެންމަތިވި ކަމަށާއި އެ ހާލަތު މިފަހުން ދިމާވީ އޭނާގެ ދަރިފުޅަށް ކަމަށެވެ.

އަދި އޭނާ ބުނީ، ދަރިފުޅަށް އަނިޔާކުރީ އެ ކުއްޖާ ގޭގައި ނިދާފައި އޮއްވައި ކުޑަދޮރުން ވަދެ، ބޭރަށް ނުގޮއްސިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ބޭރަށް ގެންގޮސް ރުށްގަނޑެއްގެ ތެރެއަށް ވައްދައި ބަރަހަނާ ކުރުމަށް ފަހު ކަމަށާއި، އެ މަންޒަރު ވީޑިއޯވެސް ކޮށްފައިވާ ކަމަށެވެ.

"މިއީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެ ހުރެ ގްރޫޕަކުން ހިންގި އަމަލެއް ވީމާ މިފަހަރު ވެސް އޮންނާނީ އޭނާގެ ހައްގެވެ، އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނީ ކިހިނެއް ހެއްޔެވެ؟"

އެ ޕޯސްޓާއެކު އޭނާ ވަނީ އެ ކުއްޖާއަށާއި ގްރޫޕަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް އާންމުކޮށްފައެވެ. ސްކްރީންޝޮޓްތަކުން، އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމާއި މަރާލާނެކަމަށް ބުނެ އިންޒާރުދީފައިވާ ކަން ހާމަވެއެވެ.

ރަހީނުކުރި ދަރިވަރަކީ އެ ސްކޫލު ޓީޗަރެއްގެ ދަރިފުޅު ކަމަށް ވެސް ބުނެފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *