Tuesday, 28 July 2026

ރައީސް މުއިއްޒު އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަނީ

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަންނަ މަހުގައި އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަރަށް އަވަހަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން މި މަހުގެ ކުރީކޮޅު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ދަތުރުފުޅުގައި ރައީސް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ހަފުތާގަ އެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަހު ގުޅުން ބަދަހިކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެެއް ކަމެއް ކަމަށް އެ ނޫހަށް އިތުބާރު ކުރެވޭ މީހަކު ވިދާޅުވި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *