Tuesday, 28 July 2026

އެޗްއާރްސީއެމްގެ ރައީސް، އިންޑިއާ ހައި ކޮމިޝަންގެ އަލަށް އައްޔަންކުރެވުނު ފަސްޓް ސެކްރެޓަރީއާ ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް މަރިޔަމް މުނާ، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އަލަށް އައްޔަންކުރެވުނު ފަސްޓް ސެކްރެޓަރީ މިސް ބަރުކާ ތަމްރަކާރުއާ ތަޢާރަފުވުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ އެކުގައި މަސައްކަތްކުރުމުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދެފަރާތުގެ ގުޅުން ބަދަހިކުރުމަށާއި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކާ ގުޅޭ މަސައްކަތްތައް ކުރިއެރުވުމަށް އޮތް އެކުގައި މަސައްކަތްކުރުމުގެ އަޒުމު އަލުން ހާމަކުރެވުނެވެ.


މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އިންސާނީ ޙައްޤުތަކުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *