Wednesday, 28 October 2026

ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ: މީހަކު ފުލުހަށް ހާޒިރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުގެ އިންޒާރުދިން މައްސަލައާ ގުޅިގެން، މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މިކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިއީ "ޢަބްލޯރް މިޔާދު ޔޫސުފްގެ" ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު، ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ، ފުލުހުން މި މައްސަލަ ބަލަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. މި މައްސަލައިގައި އެސިސްޓެންޓް ކޮމިޝަނަރ ޝިފާން އެކްސް ގައި ކުރެއްވި ޓްވީޓަކާ ގުޅިގެން ފުލުހުން ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭ އިންޒާރަކީ ވަރަށް ބޮޑު ކުށެއްކަމަށްވާތީ، މި މައްސަލަ ބެލުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭނެކަަމަށް ލަފާކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *