Tuesday, 28 July 2026

އެން.ސީ.ޖީ.ޖީގައި ދިވެހި ސިވިލް ސަރވަންޓުންނަށް ބޭއްވުނު 33 ވަނަ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގައި ދިވެހިރާއްޖޭގެ ސިވިލް ސަރވަންޓުންނަށް ބޭއްވުނު 33 ވަނަ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ޕްރޮގްރާމަކީ އެން.ސީ.ޖީ.ޖީ އާއި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދެވުނު މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

އެން.ސީ.ޖީ.ޖީއިން ބުނިގޮތުގައި މި ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރު (2024-2029) ތެރޭގައި 1،000 ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް ރޭވިފައިވާ ދެވަނަ ފިޔަވަހީގެ ފެށުން އަންގައިދޭ ޕްރޮގްރާމެކެވެ.

އަދި މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް ބުނެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *