Wednesday, 29 July 2026

500 އަށް ވުރެ ގިނަ އިމާމުންނާއެކު ބާއްވާ "އިމާމުންގެ މަހާސިންތާ" ފަށައިފި

500 އިމާމުންނާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

މި މަހާސިންތާ ފައްޓަވައިދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ފަސް ސެޝަންތަކަކަށް ބަހައިލައިގެން މިމަހާސިންތާ މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އިސްލާމކް މިނިސްޓްރީން މިއީ ބުނީ ރާއްޖޭގައި ބާއްވާ އިމާމުންގެ ފުރަތަމަ މަހާސިންތާ ކަމަށާއި މަހާސިންތާގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ރަސްމިއްޔާތު ފައްޓަވާދެއްވާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިމާމުކަމުގެ ވަޒީފާއަކީ މުސާރައެއް ލިބޭ ވަޒީފާއަކަށް ކަމުގައިވި ނަމަވެސް ވަޒީފާ އަދާކުރަން ޖެހޭނީ ﷲ އަށްޓަކައި ކަމުގަ އެވެ. އަދި ހުރިހާ އިމާމުން އެކުވެ މި މަހާސަންތާ ބޭއްވުމުގެ އެންމެ ބޮޑު މަގްސަދެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އިމާމުން އެއް ތަނަކުން ބައްދަލުވެ، އެކަކު އަނެކަކަށް ތައާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

މި ސަރުކާރުން އަންނަނީ އިމާމުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ވެސް ތަމްރީނު ކުރަމުންނެވެ. އެގޮތުން މި އަހަރު 100 އިމާމުން ތަމްރީނު ކުރަން އަމާޒު ހިފާފައިވާ އިރު، މިހާތަނަށް 60 އިމާމަކަށް ބޭރުން ތަމްރީނު ދީފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *