Tuesday, 28 July 2026

ވައިބަރ އާއި ފޭސްބުކް އެކައުންޓު މެދުވެރިކޮށް ހީލަތުން އަތުލި ފައިސާތަކެއް ހޯދައިފި

ހެންވޭރު ޕޮލިސް ސްޓޭޝަނާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން، މަކަރާއި ހީލަތުން އަތުލި ފައިސާތަކެއް ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި މައްސަލާގައި މީހެއްގެ ވައިބަރ އަދި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ އަތުލާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނިގޮތުގައި މައްސަލަ ހުށަހެޅި ތާ ހަ ގަޑިއިރުގެ ތެރޭގައި ވަނީ އަތުލެވުނު ފައިސާ ހޯދާފައެވެ. މިގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ދެނެގަނެ، ޖުމްލަ 10,700 ރުފިޔާ ވަނީ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި، ކޭޝް ކާޑުތަކަކާއި، ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *