Tuesday, 28 July 2026
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

އެފްޓީއޭ އާ އެކު ޗައިނާއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ: ހީނާ

ޗައިނާއާއި ރާއްޖެއާއި ދެމެދު ފަށާ، މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އިން ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރީގެ އަގު އެއް ބިލިޔަން ޑޮލަރަށް އަރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ރާއްޖެއާއި ޗައިނާ ދެމެދު އިގްތިސޯދީ އެއްބާރުލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ދާދި ފަހުން ވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"މިހާރުވެސް ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ރުފިޔާގެ ވިޔަފާރި އެބަކުރެވޭ. އެހެން ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ކުރެވޭ އެފްޓީއޭއާއިއެކީގައި، އަމަލު ކުރަން ފެށުމާއިއެކު މި އަދަދު އެއް ބިލިޔަން ޑޮލަރަށް އަރާނެ " ހީނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހީނާ ވަނީ, ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހްމުނާމާއެއްގައި ސޮއިކުރުމާއެކު ޗައިނާއާއެކު ކުރާ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން މިމަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެއިތުރުން ވިޔަފާރީގެ އެކި ބޭނުންތަކަށް ޑޮލަރުން ކުރަން ޖެހޭ މުއާމަލާތަށް ލުޔެއް ހޯދުމަށް ޗައިނާ އާއި ރާއްޖެ އާ ދެމެދު ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ ގޮތަށް ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއެކު މިދިޔަ ހަފްތާގައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *