ޅ. ނައިފަރު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަ ހުށަހަޅާފައިވަނ 12 ސެޕްޓެމްބަރ 2024 ވަނަ ދުވަހު އެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް މާލެއިން ޚާއްޞަ ތަޙުޤީޤު ޓީމެއް ނައިފަރަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މި މައްސަލައިގެ ތަހްގީގް ފަށާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


