Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަން ވާނީ، އިސްލާމް ދީނާއި، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، އާދަކާދަތަކުގެ މައްޗަށް: ރައީސް

ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާ ކުރަން ވާނީ، އިސްލާމް ދީނާއި، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރަން އދ. ގެ އާންމު މަޖިިލިހުން 2007 ވަނަ އަހަރު ނިންމުމާ ގުޅިގެން ރާއްޖޭގައި ވެސް އަންނަނީ މި ދުވަސް ފާހަގަކުރަމުންނެވެ. އަދި ދުވަހާ ގުޅިގެން ހޭލުންތެރި ކުރުމަށް އެކި މުއައްސަސާތަކުން ތަފާތު ހަރަކާތްތައް ވެސް ހިންގަ އެވެ.

މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރު ހާއްސަ ކޮށްފައި ވަނީ "ހެޔޮ ވެރިކަމެއްގައި އާޓިފިޝަލް އިންޓަލިޖެންސް ވަސީލަތެއްގެ ގޮތުގައި އޮތުމުގެ މުހިންމު ކަމުގެ" މައްޗަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *