Tuesday, 28 July 2026

ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަންއަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

ބިދޭސީން ދިރިއުޅޭ ތަނަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެގޮތުން ފުލުހުން ބުނީ ހުޅުމާލޭ ފޭސް1 އިންޑަސްޓްރިއަލް ޒޯންގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަންއަކުން މިއަދު ފަތިހު ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ރ. މީދޫ/ ނަސީމީގޭ މުހައްމަދު ޝާފީ ކަމަށް ފުލުހުން ބުނެއެވެ،

އަދި ޝާފީގެ އަތުން 7 މޯބައިލް ފޯނާއި، އެއް ޕަވާ ބޭންކާއި، ދެ ވޮލެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހުރިހާ ތަކެއްޗަކީ މި ބުނާ ބިދޭސީން ދިރިއުޅޭ ތަނުން ވަގަށް ނެގި ތަކެތި ކަމަށް ފުލުހުން ނުބުނެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *