Tuesday, 28 July 2026

ފޯނެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މާލޭގައި ފޯނެއް ވަގަށް ނަގައި، އެހެން މީހަކަށް ވިއްކާލި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ / ޒަމީން، މުޙައްމަދު ވިޝާމް 26އ. އެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ހަވީރު 6:30 ހާއިރު ރައްފުސްގޮޅި ފިއުޝަން މާޓް ކައިރީގައި ފުލުހުންގެ ބީޓެއް ހަރަކާތްތެރިވަމުން ދަނިކޮށް، ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަ ތަޙުޤީޤުކުރުމުގެ ތެރޭގައި، ގެސްޓްހައުސްގެ ސީސީޓީވީ ފުޓޭޖް ބަލައި، ޝައްކުކުރެވޭ ފަރާތް ފާހަގަކުރުމަށްފަހު، ރޭގަނޑު 9:00 ހާއިރު އޯކިޑްމަގު ފަތަޙަ ސްޓާ ކައިރިން އެ ފަރާތް ހުއްޓުވައި ސުވާލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ ސުވާލުކުރުމުން، ފޯނު ވަގަށްނަގައި ނޯތު ހާބަރުގައި އޮތް ސްޕީޑްބޯޓެއްގައި އިން ބިދޭސީއަކަށް ވިއްކާލިކަމަށް އެއްބަސްވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، ފޯނު ވިއްކާލި ބިދޭސީ މީހާ އަތުން އެ ފޯނު ފެނިފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން މުޙައްމަދު ވިޝާމް ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *