Tuesday, 28 July 2026

ކޮމިއުނިކޭޝަންސް އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް ސޮއިކޮށް ނެރެފައިވާ އިއުލާނެއްގައި ވަނީ، ހޯމް މިނިސްޓްރީގެ ދަށަށް ކޭމް ބަދަލުކުރީ ޤާނޫނު އަސާސީގެ 116ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

މީގެ ކުރިން ކޭމް ހިންގަމުން އައީ، ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން މިނިސްޓްރީތަކަށް ގެނައި ބަދަލުތަކާއި އެކީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުންނެވެ.

ކޭމް އަކީ ރާއްޖޭގެ ކޮމިއުނިކޭޝަން ދާއިރާ ރެގިއުލޭޓުކޮށް، ކުރިއެރުވުމުގެ ޒިންމާ މަތިކޮށްފައިވާ އޮތޯރިޓީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *