Tuesday, 28 July 2026

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު އިންޑިޔާއަށް މިއަދު ހެނދުނު ފޮނުވައިފި

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހާލު ބޮޑުވެ ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓް މޯޓަމް ހަދަން މިއަދު އިންޑިއާއަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ. އަދި މާދަމާ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ށ. މިލަންދޫ، ހެޕީލޭންޑް، އަތުހަރު ފުލުހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެއަންހެން މީހާ ރަހީނު ކުރުމަށް އަތުހަރު ކުރި މަސައްކަތުގެ ތެރެއިން ހައްޔަރު ކޮށްގެންނެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:02 ގަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *