Tuesday, 28 July 2026

އަދީބު ޖަމީލުއަށް: ރައީސް ޑރ މުއިއްޒު އާއި ބައްދަލެއް ނުކުރަން، ސިޔާސީގޮތުން މަޝްހޫރު ވާން އަޅުގަނޑުގެ ނަން ބޭނުން ނުކުރޭ!

ރައީސް، ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭކަމަށް ތުހުމަތު އަދީބު މައްޗަށް ކުރެވޭއިރު، އަދީބު ރައީސް މުއިއްޒު އަދީބު އާއި ބައްދަލުކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާޢެކު ޕީއެންއެފްގައި ހަރަކާތްތެރިވަމުންދާ ބޭފުޅުން ދަނީ ތުހުމަތުކުރަމުންނެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން އަދީބު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 2015 ވަނަ އަހަރު އޭނާ ހުރަގޭގައި އޮއްވާ، އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ލައިގެން އެ ހަރަކާތުގެ ރައީސްއަކަށް މުހައްމަދު މަލީހު ޖަމާލު ހުންނަވައިގެން ޔާމީނުގެ ވެރިކަން ވައްޓާލި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި އަދީބު ރައީސް ޑރ. މުއިއްޒަކާއި ބައްދަލެއް ނުކުރާ ކަމަށާއި، ސިޔާސީ ގޮތުން ނަފްސު މަޝްހޫރު ކުރުވުމަށް އަދީބުގެ ނަން ބޭނުން ނުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *