ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނަ ބޯޑުން އިސްތިއުފާ ދެއްވި އިރު ހުންނެވީ ގައުމީ ބޭންކްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ.
އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން އޭނާއަށް ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، ބޭންކްގެ އަސާސީ ގަވާއިދު ބުނާގޮތުން އެގޮތަށް ޕީސީބީއަށް ބޭންކުގެ ބޯޑު މެންބަރަކު ވަކި ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދިޔައީ ބުނަމުންނެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޮގަސްޓް 31، 2020 ގައި ބޯޑަށް އައްޔަން ކުރި އައިޝަތު ނޫރައްދީން ކުރެއްވި އަގު ހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.
އޭނަ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982 ގަ އެވެ.


