ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ދެތިން ރޭ ކުރިން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ.
އަދި މި ދަތުރުގެ ބޭނުމަކީ މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު “ސެކަންޑް އޮޕީނިއަން” އެއް ހޯއްދެވުންކަމަށް ވިދާޅުވިއެވެ. މިއީ ދެ ތިން އަހަރު ކުރިން ކުރެއްވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއެއްކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރާއި ގުޅިގެން އެކި ގޮތް ގޮތަށް ވާހަކަދައްކާކަމަށް ވިދާޅުވެފައެވެ. އަދި ދެކެވޭ ބައެއް ވާހަކަތައް ރައީސް ވަނީ ދޮގު ކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.


