ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.
މި މަޤާމުން އިސްތިއުފާ ދެއްވިކަން ޒީނާ ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އަައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޒީނާ ވަނީ މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަން ވެސް އަދާކުރައްވާފައެވެ. އަދި ޒީނާ ވަނީ ނޫސްވެރިކަމުގައި ވަނީ 17 އަހަރު ހޭދަކުރައްވާފައެވެ.


