Tuesday, 28 July 2026
ރަޖަނީ ޝްރެސްތާ

ގަވައިދާ ޚިލާފަށް ވިޔަފާރި ހިންގާތީ ރިޒް ސެލޫންގެ ވެރިޔާ، ރަޖަނީ ޝްރެސްތާ ޑީޕޯޓުކޮށްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރާތީ 'ސެލޫން ބައި ރިޒް’ގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑީޕޯޓުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިޔަ، ނޭޕާލަށް އުފަދަން ރަޖަނީ ނުވަތަ އާންމު ނަމުން ނަމަ ރިޒްއާ ގުޅޭ ގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.

އެ އިންސްޕެކްޝަނުން އޭނާއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން އެނގިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އަދި އޭނާއާ އެކު މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީ މުވައްޒަފުންގެ ވެސް ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އެ މީހުން ވެސް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް މި މަހުގެ 13 ވަނަ ދުވަހު ޑީޕޯޓް ކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެފަދަ މީހުންގެ މައުލޫމާތު ރިޕޯޓު ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕޯޓަލެއް ޤާއިމްކޮށް، އިމިގްރޭޝަނާއި ކަމާބެހޭ އެހެން މުއައްސަސާތައް ގުޅިގެން ކޮންމެ ދުވަހަކުވެސް ދަނީ މިފަދަ ބިދޭސީން ހޯދާ ފިޔަވަޅު އަޅަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *