Wednesday, 28 October 2026

ރޮނާލްޑޯ ޔޫޓިއުބް ޗެނަލް ފެށުމަށްފަހު، އެއްދުވަހުގެ ތެރޭގައި 10 މިލިއަން ސަބްސްކްރައިބަރުންގެ ރެކޯޑު މުގުރާއި، "ގޯލްޑަން ބަޓަން" ދައްކައިފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ބުދަ ދުވަހު ޔޫޓިއުބްގައި ފުރަތަމަ ފަހަރަށް ޗެނަލެއް ފަށައި، އެއްގަޑިއިރުގެ ތެރޭގައި އެއް މިލިއަން ސަބްސްކްރައިބަރުން ހޯދައިފިއެވެ.

ރޮނާލްޑޯ މިކާމިޔާބީ ފާހަގަކުރީ އޭނާގެ އާއިލާއާއެކު، ޕްލެޓްފޯމުން ލިބުނު ގޯލްޑަން ބަޓަން ދައްކައިގެންނެވެ. މިހާތަނަށް "ޔޫއާރު ކްރިސްޓިއާނޯ" ޗެނަލަށް 10 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުން ލިބިފައިވެއެވެ.

ރޮނާލްޑޯ އޭނާގެ ފޭންސްތަކަށް ސޯޝަލް މީޑިއާގައި ޝުކުރު އަދާކުރީ، އޭނާގެ މަޝްހޫރު ސެލެބްރޭޝަނަށް އިޝާރާތްކޮށް "ސިއުއުއު ސަބްސްކްރައިބަރުން" ގެ ގޮތުގައި މަޖާކޮށްލައިގެންނެވެ. "އަހަރެންގެ އާއިލާއަށް ހަދިޔާއެއް… ހުރިހާ ސިއުއުއު ސަބްސްކްރައިބަރުންނަށް ޝުކުރިއްޔާ!" ރޮނާލްޑޯ ލިޔެފައިވަނީ އޭނާގެ ދަރިންނަށް "ގޯލްޑް ޕްލޭ ބަޓަން" ދައްކަމުންނެވެ.

ވީޑިއޯގައި އޭނާ ދަރިންގެ ކުރިމަތީގައި ޕްޅޭ ބަޓަން އަންބަކްސްކޮށް، އޭނާގެ ޗެނަލަށް އެއް މިލިއަން ސަބްސްކްރައިބަރުން ލިބިފައިވާކަން ދަރިންނަށް ބުނެދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *