Tuesday, 28 July 2026
އެމްޓީސީސީގެ ސީއީއޯ މުހައްމަދު ޒިޔާދު

އެމްޓީސީސީގެ ސީއީއޯ އާއި އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މަގާމުން ވަކިކޮށްފި

އެމްޓީސީސީގެ ސީއީއޯ މުހައްމަދު ޒިޔާދާއި އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މުހައްމަދު މިހާދު މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު، ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނަސްފައިވާ ކަމަށެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މިހާދު އާއި އެމްޓީސީސީގެ އެމްޑީ ޒިޔާދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށް ޕީސީބީން ވަނީ ބުނެފަ އެވެ.

މި ބޭފުޅުން މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަހުމަދު ސައުދީ މިއަދުން ފެށިިގެން އައްޔަނުކޮށްފައިވާ ކަމަށްވެސް ޕީސީބީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ޑިވެލޮޕްމަންޓް ބޭންކަށް ތިން ބޯޑު މެމްބަރަކު މިއަދު އައްޔަން ކުރައްވާފައި ވާކަމަށްވެސް ޕީސީބީން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެމްޓީސީސީން ޒިޔާދު ވަކިކޮށް ބަދަލުކުރީ އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރަކަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *