Wednesday, 29 July 2026

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރިކަމަށް ތުހުމަތުވާ އަރްފަތު ހައްޔަރުކޮށްފި

މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ބުނާ މީހާ ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ޙައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އަރްފަތު ހުސައިން، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އެ ބިދޭސީ ފަރާތް ހޯދައި އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.

ބުޅާ މަހުން ކާތަކެތި ތައްޔާރުކޮށް، ވިއްކާ ކަމަށް ބުނާ މި ބިދޭސީ މީހާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެެއްގައެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މީސްމީޑިއާގައި އެމީހާއަށް ތުހުމަތުކޮށް ގިނަ ބަޔަކު އެވާހަކަތައް ދައްކަމުން އައިސްފައިވަނިކޮށެވެ.

އަދި މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 10:32 އެހާކަންހާއިރު މާލޭން ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ ޢަދަދެއްގެ ބިދޭސީން ދަނީ އަތުލާގަންނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *