Tuesday, 28 July 2026
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ގދ. ގައްދޫ ފަހާގޭ އުމުރުން 38 އަހަރުގެ އަލީ ނާސިރު-- ފޮޓޯ: ފުލުހުން

ގައްދޫއިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫއިން 96 ގުރާމުގެ މަސްތުވާ ތަކެއްޗާއެކު ދިވެހި ފިރިހެނެއް އިއްޔެ ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގައްދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ މައުލޫމާތު ލިބިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ގދ. ގައްދޫ، ފަހާގެ، އަލީ ނާސިރު (38އ) ކަމަށެވެ.

އޭނާ ހައްޔަރުކުރީ ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތިން ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައި ވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 96.45 ގުރާމު ހުރިކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *