Wednesday, 28 October 2026

ތައިލެންޑުގެ އައު ބޮޑުވަޒީރަށް، ރައީސްގެ މަރުހަބާ

ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޕޭޓޮންގޓާން ޗިނަވާތުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ތައިލެންޑުގެ އާ ބޮޑުވަޒީރު ޕެޓޮންގްޓަރން ޝިނާވަޓްރާއަށް މަރުހަބާ ދަންނަވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަމަނާގެ ލީޑާޝިޕްގެ ދަށުން ތައިލެންޑަށް އިތުރު ތަރައްގީ ގެނެސް ގައުމުގެ ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއާއެކު ބާއްވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތައިލެންޑުގެ އައު ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު އިންތިޙާބުކޮށްފައިވަނީ އެ މަޤާމުގައި ހުންނެވި ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި މަޤާމުން ދުރު ކުރުމުންނެވެ.

އުމުރުން އެންމެ 30 އަހަރުގައި ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އިންތިހާބު ކުރެވުނު ޝިނާވަޓްރާއަކީ އެގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *