Tuesday, 28 July 2026

ތައިލެންޑުގެ އައު ބޮޑުވަޒީރުކަމަށް ޕައެޓޮންގްޓާންް

ތައިލެންޑްގެ އައު ބޮޑުވަޒީރަކަށް އަންހެން ބޭކަނބަލެއް ކަމަށްވާ ޕައެޓޮންގްޓާން ޝިނަވަޓްރާ އިންތިހާބު ކުރައްވައިފިއެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކޮށްފައި ވަނީ, އެ މަޤާމުގައި ހުންނެވި ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި އެ މަޤާމުން ދުރު ކުރުމުންނެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުން ސެއްތާ ދުރު ކޮށްފައި ވަނީ ތައިލެންޑުގެ ދުސްތޫރީ ކޯޓުންނެވެ.

އުމުރުފުޅުން 37 އަހަރުގައި އޭނާ ވެގެންދާނީ އެގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ. އަދި ބޮޑުދައިތަ ޔަންގްލަކްއަށް ފަހު އެ މަގާމަށް އިންތިހާބުވި ދެވަނަ އަންހެން ބޭކަނބަލަށެވެ. އޭނާއަކީ, އެ މަޤާމު އަދާ ކުރައްވާ ޗިނަވާތު ޢާއިލާގެ ތިންވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން އެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ބައްޕާފުޅު ތަކްސިނާއި ބޮޑުދައިތާފުޅު ޔިންގލަކް ޗިނަވާތު ހިމެނި ވަޑައިގަންނަވައެވެ.

ތައިލެންޑް ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ 493 މެންބަރުންގެ ތެރެއިން ޕައިޓޮންގްޓާން އަށް ވަނީ 319 ވޯޓު ލިބިވަޑައިގެންފައެވެ.

ޕައެޓްންގްޓާން އަކީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި ބިލިނިއާ ތަކްޝިން ޝިނަވަޓްރާގެ އެންމެ ހަނގު ދަރިކަނބަލުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *