ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ އިރުމަތީގައި އިސްރާއީލުން ހޯމަ ދުވަހުގެ ރޭ ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންގެ 10 މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
މީގެއިތުރުން މެޑިކަލް އަދި ލޯކަލް މަސްދަރުތަކުން ވަނީ އަލް އަމާރީ ކޭމްޕަށް ނިސްބަތްވާ މުއާތާޒް ސަރުސޫރު ނަމަކަށް ކިޔާ ޒުވާނަކަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން ސީރިއަސް ޒަހަމްތަކެއް ލިބި، ފަލަސްތީނު މެޑިކަލް ކޮމްޕްލެކްސްގައި ފަރުވާދެމުން ދަނިކޮށް ޝަހީދުވެފައި ކަމަށް ބުނެފަ އެވެ.
އަދި އައްޒޫން އަވަށުގެ ކައިރީގައި އިސްރާއީލުގެ އަސްކަރިއްޔާގެ ބަޑީގެ ހަމަލާއެއްގައި އުމުރުން 18 އަހަރުގެ ތާރިގު ޒިޔާދު ދާއޫދު ޝަހީދުކޮށްލާފައިވާ ކަމަށްވެސް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ/
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ފަލަސްޠީނުގެ 39،897 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.


