Tuesday, 28 July 2026

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 4 މީހަކު ޝަހީދު ކޮށްލައިފި

ޣައްޒާސިޓީގައި މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް އަމާޒުކޮށް އިސްރާއީލުން ރޭ ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އަލްޖާލާ މަގުގައި ހުންނަ އަބޫ ހާޝިމް އާއިލާއަށް ނިސްބަތްވާ އެޕާޓްމަންޓަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ހަތަރު މީހަކާއި ޒަހަމްވި އެތައް ބައެއްގެ ހަށިގަނޑު ހޯދާފައިވާ ކަމަށެވެ.

މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު އަދި އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އެ އެޖެންސީން ހާމައެއް ނުކުރެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ޙަމަލާތަކުގެ ތެރޭގައި، ފަލަސްތީނުގެ ގާތްގަނޑަކަށް 39،500 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 91،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.

އިސްރާއީލު ހަނގުރާމައަށް ގާތްގަނޑަކަށް 10 މަހެއްހާ ދުވަސް ވެފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *