ނިޕާ ވައިރަސް ޖެހިގެން އުމުރުން 14 އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސިއްހީ އިދާރާތަކުން އެލާޓް ނެރެފި އެވެ.
ކެރެލާ ސްޓޭޓްގެ ހެލްތް މިނިސްޓަރު ވިދާޅުވީ، ނިޕާ ވައިރަސް ވޭދަނައިގައި ހިމެނޭ އިތުރު 60 މީހުންނަކީ ބަލި ޖެހުމުގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ކަމަށެވެ.
ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ މަރުވި ކުއްޖާ އަކީ ޕަންޑިކަޑް އަވަށަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި އޭނާއާ ކޮންޓެކްޓްވި މީހުން އެކަހެރިކޮށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.
އަދި އާންމު ތަންތަނުގައި މާސްކު އެޅުމާއި ހޮސްޕިޓަލުގައި ތިބޭ މީހުންނަށް ޒިޔާރަތް ނުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ނިޕާ ވައިރަހުގެ އިންފެކްޝަނަކީ ސޫފާސޫފިގެ ތެޜޭގައި ހިމެނޭ އޫރު އަދި ވާލުގެ ޒަރިއްޔާއިން އިންސާނުންނަށް ފެތުރޭ "ޒޫނޯޓިކް ބައްޔެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވެއެވެ.
ޑަބްލިއުއެޗްއޯއިން މި ވައިރަސް ސިފަކޮށްފައި ވަނީ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އޮތް އިންފެކްޝަސް އެޖެންޓެއްގެ ގޮތުގަ އެވެ.


