Tuesday, 28 July 2026
ފޮޓޯ: ޕެނިންސިއުލާ ގަތަރު

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް ބާރުގަދަ ތޫފާނެއް އަރައި 35 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް އުފެދުނު ތޫފާނެއްގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 35 މީހުން މަރުވެފައިވާ ކަމަށް ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މި ތޫފާނުގެ ސަބަބުން ނަންގަރްހާރު ޕްރޮވިންސްގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މީހުން ވެސް ހިމެނޭއިރު، އާއިލާގެ އިތުރު ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އޭނާ ވިދާޅުވީ މަރުވި މީހުންނާއި ޒަހަމްވި މީހުންގެ  ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް އެބަތިބި ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ މުދަލާއި ދަނޑުތައް ހަލާކުވެފައިވާ ކަމަށެވެ.

ނަންގަރްހާރުގެ ރީޖަނަލް ހޮސްޕިޓަލްގެ ވެރިޔާ އަމީނުالله ޝަރީފް ވިދާޅުވީ ޒަހަމްވި 207 މީހުން އެ ޕްރޮވިންސްގެ ވެރިރަށް ޖަލާލާބާދު އަދި ކައިރި ޑިސްޓްރިކްޓްތަކުން ފަރުވާ އަށް ގެނެސްފައިވާ ކަމަށެވެ.

އަދި ޒަހަމްވި މީހުންނަށް ލޭ ހަދިޔާ ކުރުމަށް އެތައް ބަޔަކު ހޮސްޕިޓަލަށް ޖަމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ އަފްޣާނިސްތާނަށް ކުރަމުންދާ ވިއްސާރައިގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ގެއެއް ހަލާކުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ މެއި މަހުގެ 10 ވަނަ ދުވަހާއި މެއި މަހުގެ 11 ވަނަ ދުވަހު އުތުރުގެ ޕްރޮވިންސް ކަމަށްވާ ބަގްލާންގައި މަރުވި މީހުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *