Wednesday, 29 July 2026
ފޮޓޯ: ގެޓީ ކްރިއޭޓިވް

ޗިއާ ސީޑްސްގެ ހައިރާންކުރުވަނިވި ސިއްޙީ ފައިދާތައް

ކެއުމުގައި ހިމެނޭ ނިއުޓްރިއަންޓްސް އިތުރުކުރެވޭނެ ފަސޭހަ ގޮތެއް ހޯދަން އުޅޭނަމަ ޗިއާ ސީޑްސް އަކީ ވަރަށް ރަނގަޅު އޮޕްޝަނެކެވެ.

މި ކުދި އޮށްްތަކަކީ ސިއްހަތަށް ފައިދާ ހުރި ފައިބާ، އޮމެގާ-3 ފެޓީ އެސިޑް، ޕޮލިއަންސެޗުރޭޓެޑް ފެޓީ އެސިޑް، ޕްރޮޓީން، ވިޓަމިން އަދި މިނަރަލްސް އެކުލެވިގެންވާ ނިއުޓްރިޝަނަލް ޕަވާހައުސް ތަކެކެވެ.

ރޭގަނޑުގެ އޯޓްސްއަށް މިހާރުވެސް ޗިއާ ސީޑް އިތުރުކުރަމުން ދިޔަ ނަމަވެސް ނުވަތަ މީގެ ކުރިން އަޑުއިވިފައި ނުވި ނަމަވެސް، މި ކުދި އެހެންނަމަވެސް ބާރުގަދަ އޮތްތަކުގެ ފައިދާއާއި، ކެއުމުގައި އެ އޮށްތައް ހިމެނުމަށް ރަހަމީރު ގޮތްތަކާ ބެހޭގޮތުން އެނގެން ޖެހޭ ކަންކަން މި ކިޔައިދެނީ އެވެ.

ޗިއާ ސީޑް އައިސްފައިވަނީ މިންޓް އާއިލާގެ މެމްބަރެއް ކަމަށްވާ "ހަރބެސިއަސް ޕްލާންޓް ސަލްވިއާ ހިސްޕެނިކާ"އިންނެވެ. އެއީ މެކްސިކޯ އާއި ގުއަޓެމާލާއިން އުފެދޭ އޮށެކެވެ. ކާބޯތަކެއްޗާއި ބޭސް ތައްޔާރުކުރުމުގައި ބޭނުންކުރުމަށް އެ ހިސާބުގެ މީހުން އެންމެ ފުރަތަމަ ހައްދާފައިވާ ޗިއާ ސީޑްގެ މަގުބޫލުކަން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޗިއާ ސީޑްސް އިން ސިއްހަތަށް ލިބޭ ފައިދާތަކަކީ ކޮބާ؟

ޗިއާ ސީޑްސް ގިނަ އަދަދަކަށް ފައިބާ އާއި އެންޓިއޮކްސިޑެންޓްގެ އިތުރުން އެސެންޝަލް އޮމެގާ-3 ފެޓީ އެސިޑްސް އާއި ގަަސްގަހުން ލިބޭ ޕްރޮޓީން ހިމެނެއެވެ. ހަގީގަތުގައި 2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްސްގައި 9.7 ގްރާމް ފައިބާ، 4.6 ގްރާމް ޕްރޮޓީން އަދި 6.7 ގްރާމް ޕޮލިއަންސެޗުރޭޓެޑް އެސެންޝަލް ފެޓީ އެސިޑް އެކުލެވިގެންވެއެވެ. އޭގެ ޔުނިކް ނިއުޓްރިޝަނަލް ޕްރޮފައިލްގެ ސަބަބުން ފައިބަރު ކެއުން އިތުރުކުރުމާއި، ލޭގައި ހަކުރު ހުންނަ މިންވަރު ބެލެންސްކޮށް، ހަޖަމުކުރުން ރަނގަޅުކުރުމާއި، ކެއުމުގައި ހިތްހަމަޖެހުން އިތުރުކުރުމަށް ބޭނުންވާ މީހުންނަށް ފައިދާ ކުރާނެ އެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ!

ޗިއާ ސީޑްސް އަކީ ހިތްހަމަޖެހުމަށް އެހީވެދޭނެ އެއްޗެއް ކަމަށް ކެލިފޯނިއާގެ ނޮވާޓޯގައި ހުންނަ ގަޓް ހެލްތް ނިއުޓްރިޝަން އެކްސްޕާޓް އަދި ރަޖިސްޓްރީކޮށްފައިވާ ޑައިޓީޝަނެއް ކަމަށްވާކިމް ކުލްޕް ވިދާޅުވި އެވެ. އަދި މި އޮށަކީ ދިގުމައްދަތަކަށް ބޭނުންކުރާނަމަ ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނެ!

ކެލިފޯނިއާގެ ލޯންގް ބީޗްގެ ގަޓް ހެލްތް ނިއުޓްރިޝަނިސްޓް އަމަންޑާ ސޯސްޑާ ކިޔައިދިން ގޮތުގައި އޮމެގާ-3 ފެޓީ އެސިޑަކީ ހިތުގެ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު އެއް ފެޓެވެ. ހަގީގަތުގައި ދިރާސާތަކުން ދައްކާ ގޮތުގައި އޮމެގާ-3 ގެ ސަބަބުން ހިތުގެ ބަލިތަކާއި ޓްރައިގްލިސަރައިޑްސް ދަށްވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. މީގެ އިތުރުން ޗިއާ ސީޑްސްގައި އަލްފާ-ލިނޮލެނިކް އެސިޑް (އޭއެލްއޭ) ނަމަކަށް ކިޔާ ވަކި ވައްތަރެއްގެ އޮމެގާ-3 އެކުލެވިގެންވާ ކަމަށާއި އޭގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވެސް ކުޑަވާ ކަމަށް އޭނާ ބުންޏެވެ.

ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދޭ!

ޗިއާ ސީޑްސްގައި މެގްނީޒިއަމް، ފޮސްފަރަސް، ކެލްސިއަމް އަދި ޕޮޓޭސިއަމް ފަދަ މިނަރަލްސް އެކުލެވިގެންވެއެވެ. މި ހުރިހާ ބާވަތްތަކަކީ ވެސް ކަށީގެ ދުޅަހެޔޮކަމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްސެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކަށިތައް އުފެދުމަށް މި ނިއުޓްރިއަންޓްސް އެކަށީގެންވާ މިންވަރަށް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް އެހީވެދޭ!

ޗިއާ ސީޑްސްގައި ހިމެނޭ ފައިބާ، ފެޓް އަދި ޕްރޮޓީން އަކީ ކާބޯހައިޑްރޭޓް ބްރޭކްޑައުން އަށް ގުދުރަތީ ބަފަރެއްގެ ގޮތުގައި މަސައްކަތްކުރާ މާއްދާއެކެވެ. ނަތީޖާއެއްގެ ގޮތުން ކާބޯހައިޑްރޭޓް އެކުލެވޭ ކާނާގެ ގްލައިސެމިކް އިންޑެކްސް ހުއްޓުވައި ލޭގައި ހަކުރު ހުންނަ މިންވަރު ބެލެންސް ކުރުމަށް ޗިއާ ސީޑްސް އެހީވެދެއެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *