Tuesday, 28 July 2026

ސިހުރުގެ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒު ހައްޔަރު ކޮއްފި

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޝަމްނާޒުއާއި އިތުރު 2 މީހަކު މިމަހުގެ 23 ވަނަ ދުވަހު މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮއްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުންވަނީ ކަށަަވަރު ކޮށްދީފައެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޝަމްނާޒު އާއި އިތުރު ދެ މީހަކު ހައްޔަރު ކުރީ އާދިއްތަ ދުވަހުގައި ކަމަށާއި މި މައްސަލާގައި ޝަމްނާޒް އާއި އޭނަގެ ބައިވެރިންގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ.

ޝަމްނާޒް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން އައްޔަން ކުރުމުގެ ކުރިން ހުންނެވި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލުގެ މަގާމުގައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *