ނަބްލޫސްގެ އިރުމަތީގައި އޮންނަ ބަލަޓާ ރެފިއުޖީ ކޭމްޕަށް ދިން އަސްކަރީ ހަމަލާތަކެއްގައި، ފަލަސްތީނުގެ ކުޑަކުއްޖަކަށް އިސްރާއީލު ސިފައިން ބަޑީގެ ހަމަލާތަކެއް ދީ ޒަހަމްކޮށްލައިފި އެވެ.
ނަބްލޫސްގެ ރެޑް ކްރެސެންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ ކޮނޑުގައި ލައިވް ބްލެޓްތަކެއް ޖެހި ޒަހަމްވެ، ބޭސްފަރުވާއަށް ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ބުލްޑޯޒަރަކާއެކު އެ ކޭމްޕަށް ބާރުގަދަ ބަޑީގެ ހަމަލާތަކެއް ދީ، ބައެއް ގެތައް ބަލައި ފާސްކުރި އެވެ.


