Tuesday, 28 July 2026

އިސްރާއީލުން 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 28 މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އާއިލާތަކާ ދެކޮޅަށް ދިން ހަތަރު ހަމަލާއެއްގައި، ފަލަސްތީނުގެ 28 މީހަކު ޝަހީދުކޮށްލައި، 69 މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 34،971 އަށް އަރާފައިވާ ކަމަށާއި އިތުރު 78،641 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލު ސިފައިން އެމްބިއުލާންސާއި މަދަނީ ދިފާއީ ޓީމުތަކުގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު، އެމްބިއުލާންސް އާއި ރެސްކިއު ޓީމްތަކަށް އަދިވެސް ޝަހީދުވެފައި ތިބި ގިނަ  އަދަދެއްގެ މީހުންގެ ހަށިތަކާއި ހަމައަށް ނުދެވި އެބަހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *