Tuesday, 28 July 2026

އިސްރާއިލުން އަލް ޖަޒީރާގެ އިކުއިޕްމަންޓުތައް ފޭރިގަނެ، ޓީވީ ނެޓްވޯކް ބަންދުކުރަން އަންގައިފި

އިސްރާއީލުގެ ސަރުކާރުން އަލްޖަޒީރާއަކީ ހަމާސްގެ އަނގައެއް ކަމަށް ބުނެ އެގައުމުގެ އަލްޖަޒީރާ ޓީވީ ނެޓްވޯކްގެ އޮޕަރޭޝަންތައް ބަންދުކުރުމަށް ފިޔަވަޅު އަޅާފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމަ ކުރިއަށްދާއިރު ކެބިނެޓުން އެއްބަސްވީ އަލް ޖަޒީރާ ބަންދުކުރުމަށް ކަމަށް ބުނެފައެވެ. އޭނާ ބުނީ އަލްޖަޒީރާ އަކީ ހަމާސްގެ ބަޔެއް ކަމަށާއި އެ މީޑިއާގެ ސަބަބުން އިސްރާއީލްގެ ސަލާމަތަށް ނުރައްކާވާ ކަމަށެވެ.

އަލްޖަޒީރާގެ ބްރޯޑްކާސްޓް ކުރާ ސާމާނު އަތުލައި، ޗެނަލްގެ ރިޕޯޓްތައް ބްރޯޑްކާސްޓް ނުކުރުމާއި، ވެބްސައިޓްތައް ބްލޮކް ކުރުން ހިމެނޭ އާދަޔާ ހިލާފު އަމުރަކީ އިސްރާއީލުން އެގައުމުގައި ހިންގާ ބޭރުގެ ނިއުސް އައުޓްލެޓެއް ބަންދުކުރަން ކުރި މިފަދަ ފުރަތަމަ އަމުރެވެ.

އަލްޖަޒީރާ ނޫހުން އިސްރާއިލްއިން ފައިބައިގެން ދިޔައީ އެ އޯޑަރަށް ފަހު ގަޑިއެއްހާއިރުގެ ތެރޭގަ އެވެ. ނަމަވެސް އެ ކުންފުނީގެ ވެބްސައިޓާއި އެތައް އޮންލައިން ސްޓްރީމިން ލިންކްތަކެއް ހުކުރު ދުވަހު ހިންގަމުން ދިޔަ އެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ފުރަތަމަ ހަމަލާދިން ފަހުން އިސްރާއީލާއި ހަމާސް ހަނގުރާމަ ހުއްޓުމެއް ނެތި ރިޕޯޓްކޮށްފައިވާއިރު، އިސްރާއީލުން ދިން ގްރައުންޑް ހަމަލާގައި މުވައްޒަފުން މަރުވެ ޒަޚަމްވެފައިވާ ދަނޑިވަޅުގައި ޣައްޒާގައި 24 ގަޑިއިރު ކަވަރޭޖް ދަމަހައްޓާފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *