ޣައްޒާ – އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 44 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
ވަފާއިން ރިޕޯޓުކޮށްފައިވާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ ކުރީގެ ސިޓީގެ ހޮލީ ފެމިލީ ކެތޮލިކް ޗާޗުގެ ފަހަތުގައި ހުންނަ މުޝްތާހާ އާއި އަބޫ އަލް އައްތާ އާއިލާގެ އެޕާޓްމަންޓްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ފަސް މީހުން ޝަހީދުވި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
އަދި އެޕާޓްމަންޓްތަކުގެ ކުނިތަކުގެ ތެރެއިން ޝަހީދުވި ފަސް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއި، އަދިވެސް އެތައް ބަޔަކު ކުނިތަކުގެ އަޑީގައި ތިބިކަމަށްއެމަޖެންސީ އެންޑް ރެސްކިއު ޓީމާއި ހަވާލާދީ ވަފާއިން ބުނެފައިވެއެވެ.
ޣައްޒާގެ ހުޅަނގުން އޮންނަ އޭޝް-ޝާޓީ ރެފިއުޖީ ކޭމްޕްގައި ހުންނަ ސަލާހް އާއިލާގެ ގެއަކަށް އޮކިއުޕޭޝަން ފައިޓާ ޖެޓްތަކުން ދިން ބޮމުގެ ހަމަލާގައި 10 މީހުން ޝަހީދުވެ، 17 މީހުން ޒަޚަމްވި އެވެ.
މި ހަމަލާގައި މަރުވި މަރުވި މީހުން ވަނީ އަލްމަދާނީގެ ނަމުން މަޝްހޫރު އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އޭގެ ފަހުން އެ ސިޓީގެ އިރުދެކުނުން އޮންނަ ޒައިތޫން އަވަށަށް އޮކިއުޕޭޝަން އާޓިލަރީއިން ދިން ބޮމުގެ ހަމަލާއެއްގައިވެސް ދެ މީހަކު ވަނީ ޝަހީދުވެފަ އެވެ.
ޣައްޒާގެ މެދުތެރޭގައި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވާދީ ޣައްޒާ (ޣައްޒާ ވާދީ) ގެ ވަށައިގެންވާ ސަރަހައްދަށް ވައިގެ ހަމަލާއެއް ދީ، އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.
ދެކުނުގެ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސްޓްރިޕްގައި އިޒްރޭލުގެ އިތުރު ވައިގެ ހަމަލާއެއް އެ ސިޓީގެ އުތުރުގައި އޮންނަ ކިރްބެތު އަލް އަދާސްއަށް އަމާޒުކޮށް ވަނީ ދީފައެވެ. އަދި މި ހަމަލާގައ ދެ މީހަކު ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނީ އެ ސަރަހައްދުގެ ޕެރަމެޑިކްސް އިން ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާކަމަށް އަންގާފައިވާކަމަށެވެ.
ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި ޝަރީއަތް ހިންގަމުން އަންނަ އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދެމުންދާއިރު، ފަލަސްތީނުގެ 37،431 މީހުން ޝަހީދުކޮށް، 85،653 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
މީގެ އިތުރުން، ގާތްގަނޑަކަށް 10،000 އެއްހާ މީހުން، އެމީހުންގެ ގެތަކުގެ ކުނިތަކުގެ ދަށުގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ.


