އިޒްރާއީލަށް ވައިގެ ސަރަހައްދު ހުޅުވާ ކޮންމެ ގައުމަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އިރާނުން ދީފިއެވެ.
އީރާނުގެ ސެމީ އޮފިޝަލް މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ދިފާއީ ވަޒީރު މުހައްމަދު ރިޒާ އަޝްޓިއާނީ ވަނީ އިޒްރޭލުން އީރާނަށް ހަމަލާދިނުމަށް އެގައުމުގެ ވައިގެ ސަރަހައްދު ނުވަތަ ސަރަހައްދެއް ހުޅުވާލާ ކޮންމެ ގައުމަކަށް އީރާނުން ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އީރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާޑުން ދާދި ދެންމެއަކު ވަނީ އިސްރާއީލަށް އަމާޒުކޮށް ބޮޑެތި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ފޮނުވާލާފަ އެވެ.


