Monday, 26 October 2026

އީރާނުން އިސްރާއިލަށް ހަމަލާތައް ދޭން ފަށައިފި

އީރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާޑުން އިސްރާއީލަށް އަމާޒުކޮށް ބޮޑެތި ޑްރޯން ހަމަލާތަކެއް ފޮނުވާލައިފިއެވެ.

މި ހަމަލާ އާއި ގުޅިގެން އިސްރާއިލުން ވަނީ ހަނގުރާމަ މަތިންދާބޯޓުތައް ސްކްރެމްބްލްކޮށް ސްކޫލް ދަތުރުތައް ކެންސަލްކޮށްފައެވެ.

އިރާގުގެ ސުލައިމާނިއާ ޕްރޮވިންސްގެ މަތިން އީރާނުގެ ގިނަ އަދަދެއްގެ ޑްރޯން އުދުހެމުން ދިޔަތަން ފެނިފައިވާ ކަމަށް ސަލާމަތީ ތިން އިދާރާއިން ވަނީ ބުނެފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އިން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބުނީ ވެރިވެގަނެފައިވާ ސަރަހައްދުގައި ހުރި އަމާޒުތަކަށް ފުޅާދާއިރާއެއްގައި ޑްރޯން ހަމަލާތައް ދީފައިވާ ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑްރޯންތަކުގެ ދެވަނަ ރާޅެއް ފޮނުވާލާފައިވާއިރު، އެ ޑްރޯންތައް މިހާރު ހުރި ތަންތަނުގެ ތަފްސީލެއް އަދި ނޭނގެކަމަށެވެ. މިކަމާ ގުޅިގެން އައިޑީއެފްގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ ޑްރޯންތައް އިސްރާއީލަށް އައުމަށް އެތައް ގަޑިއިރެއް ނަގާނެ ކަމަށާއި ނުރައްކާތެރި ސަރަހައްދުތަކުގައި ނުރައްކަލުގެ އެލާމް އަޅާނެކަމަށެވެ.

އައިޑީއެފް އިން ބުނީ އެގައުމުގެ އެއާސްޕޭސް ހިމާޔަތް ކުރުމުގެ މިޝަނެންގައި ތިބި އެއާފޯސްގެ މަތިންދާބޯޓުތަކާއި ނޭވީގެ ބޯޓުތަކާ އެއްވަގުތެއްގައި އެއާ ޑިފެންސް އަށްއެރޭ ހައި އެލާޓްގައި ކަމަށާއި އައިޑީއެފް އިން ދަނީ ހުރިހާ ޓާގެޓެއް މޮނިޓަރ ކުރަމުންކަމަށެވެ.

'އަޅުގަނޑުމެން އެދެނީ ހޯމް ފްރަންޓް ކޮމާންޑުން ދޭ އިރުޝާދާއި، މިކަމާ ގުޅޭ ގޮތުން އައިޑީއެފްގެ ރަސްމީ އިއުލާންތަކަށް ތަބާވެ، އެއަށް އަމަލު ކުރުމަށް.' އިސްރާއިލްގެ ޑިފެންސް ފޯސް އިން ވަނީ އެދިފައެވެ.

އިރާގުން ސައްދާމް ހުސެއިންގެ ވެރިކަމުގައި އިސްރާއީލަށް ދިން ހަމަލާތަކަށްފަހު އެހެން ގައުމެއްގެ ގައުމީ އަސްކަރިއްޔާއިން އިސްރާއީލްއަށް ސީދާ ހަމަލާދިން މީ ފުރަތަމަ ފަހަރެވެ.

އުރުދުންގެ ވައިގެ ސަރަހައްދާ ހިލާފުވާ އީރާނުގެ ވައިގެ އުޅަނދުތައް ވައްޓާލަން ތައްޔާރަށް ތިބިކަމަށް އުރުދުންގެ ވައިގެ ދިފާއީ ބާރުން ވަނީ ބުނެފައެވެ.

އަދި އަސްކަރިއްޔާވެސް އޮތީ ހައި އެލާޓްގައި ކަމަށާއި ރާޑަރު ސިސްޓަމްތަކުން ޑްރޯން ހަރަކާތްތައް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *