ޢައްޒާގައި ބަނޑުހައި ހޫނުކަމުގައި ތިބި ކުދިންތައް ފެނި ހިތަށް ކެތްނުވެގެން އެހީ ފޯރުކޮށްދިނުމަށް އަޢްޒާއަށް ދިޔަ އޮސްޓްރޭލިއަން އެއިޑް ފެމެލީއެއްގެ އަންހެނަކު އިސްރާއިލް ސިފައިން މަރާލާފި އެވެ.
އެ އަންހެންމީހާ މަރުވީ އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގަ އެވެ. މި ހަމަލާގައި މަރުވެފައިވާ 43 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު އޮސްޓްރޭލިޔާއަށް ގެންދިޔުމުގެ މަސައްކަތް ދަނީކުރަމުންނެވެ.
މިކަމާގުޅިގެން އިސްރާއިލްގެ ޕްރައިމް މިނިސްޓާރ ބެންޖަމިން ނަތަންޔާހޫ ވަނީ މިކަހަލަ ކަންކަން ހަގުރާމައިގަ ވާނެކަމަށް ބުނެފައެވެ.
މިމައްސަލާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ނަތަންޔާހޫއާ ވާހަކަ ދައްކާނެކަމުގެ އަޑުތައް ވަނީ މީޑިޔާގައި ފެތުރެން ފަށާފައެވެ.


