ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އާއިލާތަކާ ދެކޮޅަށް ދިން އަށް ހަމަލާއެއްގައި ފަލަސްތީނުގެ 77 މީހަކު ޝަހީދުކޮށްލައި 108 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފި އެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 32،782 އަށް އަރާފައިވާއިރު، އިތުރު 75،298 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ އެންކްލޭވްގެ މަގުތަކުގައި ތާށިވެފައިވާ ގިނަ އަދަދެއްގެ މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތަކާއި ހަމަޔަށް ދިއުމަށް އެމްބިއުލާންސާއި ރެސްކިއު ޓީމުތަކަށް އަދިވެސް، އިޒްރޭލު ސިފައިން ދަނީ ހުރަސް އަޅަމުންނެވެ.


