Tuesday, 28 July 2026

މާބަނޑު އަންހެނެއް އޭނާގެ އާއިލާގެ ކުރިމަތީގައި އިސްރާއީލް ސިފައިން ރޭޕް ކޮށްފި

ފަލަސްތީނަށް ނިސްބަތްވާ ބަނޑު ބޮޑު އަންހެނެއް އޭނާގެ ފިރިމީހާ އާއި ދަރިންގެ ކުރިމަތީގައި، އަލް ޝިފާ ހޮސްޕިޓަލަށް ވަތް ހައްދު ފަހަނައެޅި އިޒްރޭލު ސިފައިންގެ ފައުޖަކުން ރޭޕް ކޮއްފި އެވެ.

ހޮސަމް ޝަބަތް ނަމަކަށް ކިޔާ އުތުރު ޢައްޒާގެ ރިޕޯޓަރެއް އޭނާގެ "އެކްސް" އެކައުންޓުގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެދެމަފިރިންނާއި އެމީހުންގެ ދަރިންނަކީ ބޯހިޔާވަހިކަން ހޯދުމަށް އަލް ޝިފާ ހޮސްޕިޓަލަށް ވަދެ ތިބި އާއިލާއެއް ކަމަށެވެ.

އަންހެން މީހާ އަކީ ބަނޑުބޮޑު މީހެއް ކަމަށް އޭނާގެ ފިރިމީހާ ބުނުމުންވެސް އެއްވެސް ރަހުމެއްނެތި އަނިޔާކުރަމުން ދަރިންނާ ފިރިމީހާގެ އިތުރުން އާއިލާގެ އެހެންވެސް އެތައް ފިރިހެނުންނެއް ކުރިމަތީގައި ބަރަހަނާކޮށް އެ އަންހެން މީހާ ރޭޕް ކުރިކަމަށް ޝަބަތު ބުނެފައިވެއެވެ.

ފިރިމީހާ އާއި އެހެން ފިރިހެނުން އެމަންޒަރު ނުބަލަން ލޯމެރުމުން ލޯ ހުޅުވާ އެމަންްޒަރު ބަލަން މަޖުބޫރު ކުރުވި ކަމަށާއި، ނުބަލައި ލޯމަރައިފި ނަމަ ލޮލައް ބަޑި ޖަހާނެކަމުގެ އިންޒާރުދީ އެ ހަޑި އަމަލު ދެއްކުވިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ވަނީ ފާއިތުވީ 5 ދުވަސްތެރޭ އަލް ޝިފާ ހޮސްޕިޓަލްގައި 150 މީހުން މަރާލައިފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ނޫސްވެރިންނާއި ބަލިމީހުން ހިމެނޭ ގޮތަށް 300 އަށް ވުރެ ގިނަ އާންމުން ރަހީނުކޮށްފަ އެވެ.

އިސްރާއީލު ސިފައިން ދަނީ އަލްޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި ގެތަކާއި ސްޓްރަކްޗަރތަކުގައި އަލިފާން ރޯކޮށް، އެހެން ތަންތަން އެތެރޭގައި އާންމުން ތިއްބާ ގޮއްވާލަމުން ނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *