ބޭނުންވާނެ ތަކެތި:
2 ބިސް
1/3 ޖޯޑު ކޮކޯ ޕައުޑާ
2/3 ޖޯޑު ފުށް
1 ޖޯޑު ހަކުރު
5 ސަމުސާ ސަމްސާ ކުކިން އޮއިލް
ސަމުސާ ސަމްސާ ބަޓަރު
2 ސަމުސާ ސަމްސާ ވެނީލާ އެސެންސް
1/2 ޖޯޑު ޗޮކްލެޓް ޗިޕްސް
ތައްޔާރު ކުރާނެ ގޮތް:
ތަވައެއްގައި ތެޔޮ، ބަޓަރު އަދި 4/1 ޖޯޑު ޗްކޮލެޓް ވިރެންދެން މަޑުގިނީގައި ހޫނުކޮށްލުމަށް ފަހު ހިހޫވަންދެން ބަހައްޓާށެވެ. ހިހޫވުމުން އެތެރެ ފުން ތަށްޓަކަށް ޗޮކްލެޓް/ބަޓަރު/ތެޔޮ މިކްޗަރ އެޅުމަށް ފަހު، ހަކުރުކޮޅު ވެސް އަޅައިގެން އެއްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ފަހަރަކު ބިހެއް އަޅައި އެއްކޮށްލާށެވެ. ދެން އެސެންސްކޮޅު އެއްކޮސްލުމަށް ފަހު ފުށާއި ބޭކިންޕައުޑާ ވެސް އެއްކޮށްލާށެވެ. އަދި ބާކީ ހުރި 4/1 ޖޯޑު ޗްކޮލެޓްކޮޅު ވެސް އެއްކޮށްލުމަށް ފަހު، 8 އިންޗީގެ ހަތަރެސްކަން ޓްރޭއެއްގައި ބަޓަރު ހާކާފައި ބޭކިންޝީޓް އަޅައި ތައްޔާރުކޮށްލުމަށް ފަހު ޓްރޭއަށް އަޅައި، އަވަން 180 ޑިގްރީއަށް ހޫނުކޮށް، 25 މިނެޓްވަނެދެން ފިހާށެވެ.


