ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.
އެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެެއްގައެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. އެހެންކަމުން މިއީ ކިހާ ދުވަހެއްގެ ދަތުރުފުޅެއްކަމެއް އަދި ނޭނގެއެވެ.
ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައިވާއިރު ރޯދަ މަސް ފެށުމުގެ ކުރިން ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބައްދަލުކުރެއްވުމަށް އަތޮޅު ތެރެއަށް ދަތުރުކުރައްވައިފައެވެ.
ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. އެއަށް ފަހު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.


