Wednesday, 29 July 2026

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.

އެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެެއްގައެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. އެހެންކަމުން މިއީ ކިހާ ދުވަހެއްގެ ދަތުރުފުޅެއްކަމެއް އަދި ނޭނގެއެވެ.

ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައިވާއިރު ރޯދަ މަސް ފެށުމުގެ ކުރިން ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބައްދަލުކުރެއްވުމަށް އަތޮޅު ތެރެއަށް ދަތުރުކުރައްވައިފައެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. އެއަށް ފަހު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *