Tuesday, 28 July 2026

ރޯދަ ބަދިގެ: މެގްނަމް ޕުޑިން

ބޭނުންވާ ތަކެތި:

1 ޕެކެޓު މާރީ ބިސްކޯދު

1 ދަޅު ގެރިކިރު

2 ބިސް

1 މޭޒުމަތީ ސަމުސާ ބަޓަރ

4 ސަމުސާ ކޯން ފްލަރ

1 ޕެކެޓު ކިރު (ފުލް ކްރީމް މިލްކް)

1 މިލްކު ޗޮކޮލެޓް ނުވަތަ ޗޮކްލެޓް ސިރަޕް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސް، ގެރިކިރު، ބަޓަރ އަދި ކޯން ފްލަރ މިކްސަރަކަށް އަޅާ ގިރާލާށެވެ.

ދެން ތެއްޔަކަށް ކިރު ޕެކެޓު އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ރަނގަޅަށް ހޫނުވުމުން ކުރިން ގިރި ފުށްކޮޅު ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން ހަލަމުން ގެންދާށެވެ. ރަނގަޅަށް އޮލަވާން ފެށުމުން ޓްރޭ އެއްގެ ތެރޭގައި މާރީ ބިސްކޯދުތައް ފަތުރާލުމަށްފަހު، އޭގެ މައްޗަށް ގިރާލި ފުށްކޮޅު އަޅާލާށެވެ. ދެން އަނެއްކާވެސް އޭގެ މަތީގައި ބިސްކޯދު ފެތުރުމަށްފަހު، އަދި އެއް ލޭޔަރަށް ފުށްކޮޅު އެޅުމަށްފަހު އޭގެ މައްޗަށް ޗޮކޮލެޓު ގާނާފައި ނޫނީ ޗޮކްލެޓް ސިރަޕް އަޅާލާށެވެ. އެއަށްފަހު 2-3 ގަޑިއިރަށް ފްރިޖަށްލާ ފިނިކޮށްލުމަށްފަހު ސާވް ކުރާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *