ބޭނުންވާ ތަކެތި:
500 ގ. ކޮށާފައި ހުރި ކުކުޅު
2 މޭޒުމަތީ ސަމްސާ ތަންދޫރީ ޕޭސްޓް
2 ލޮނުމެދު (ޗަސްކޮށްފައި)
2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
½ 1 ސައި ސަމްސާ ގަރަމް މަސާލާ
½ 1 ޖޯޑު ޕްލެއިން ޔޯގަޓް
ތައްޔާރުކުރާނެ ގޮތް:
ބޯތައްޓެއްގައި ކުކުޅު ފިޔަވާ ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ރީތިކޮށް ހުރިހާ ބާވަތެއް އެއްވުމުން އެއްކޮށްލެވިފައިވާ ސޯސް ގަނޑުގެ ތެރެއަށް ކުކުޅު ކޮޅު އަޅައި ކުކުޅުގެ ހުރިހާ ހިސާބެއްގައި ސޯސްގަނޑު ހޭކެންދެން އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓް ކުރުމަށް މަދުވެގެން 24 ގަޑިއިރު ފްރިޖްގައި ބަހައްޓާށެވެ. ކުކުޅު ފިހުމަށް 450 ޑިގްރީއަށް އަވަން ޖައްސާށެވެ. އަދި 30 މިނެޓް ވަންދެން ފިހާށެވެ.


